ބިދޭސީންގެ ޑޭޓާ ފުރިހަމަކުރުމުގައި ދިވެހިރާއްޖެ ހޯދި ބޮޑު ކުރިއެރުން
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިޖުތިމާޢީ ހަމަޖެހުމާ ގުޅިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބޭރު މީހުންގެ މައްސަލަކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޒަމާންތަކެއް ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގައި، މީގެ ކުރިން ކަންކަން ހިނގަމުން އައީ ޤައުމަށް ލިބިދާނެ ގެއްލުމަކަށް ވިސްނުމެއް ނެތި، ހަމައެކަނި ވިޔަފާރީގެ މަންފާއަށް ބުރަވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ބޮޑު ބައެއް ބޭރު މީހުން ހިސޯރުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި އެކަށީގެންވާ ސައްޙަ މަޢުލޫމާތެއް ނެތި އެތައް ލައްކަ ބަޔަކު ދިރިއުޅެމުން ދިޔައެވެ.
9/19/2026