logoEN
Sto top
ދަރިފުޅުގެ ކުއްލި ވަކިވުމުގެ 7 ގަޑިއިރުކުރިން އަޝްފާ އިންސްޓްގްރާމްގައި ހިއްސާކުރި ރީލް: ކިޔައިދިނީ މަރުގެ ހަގިގަތް!

ދަރިފުޅުގެ ކުއްލި ވަކިވުމުގެ 7 ގަޑިއިރުކުރިން އަޝްފާ އިންސްޓްގްރާމްގައި ހިއްސާކުރި ރީލް: ކިޔައިދިނީ މަރުގެ ހަގިގަތް!

އަހުމަދު ޝުރާއު

logo

7/13/2025, 6:03:12 PM

# މަރިޔަމް އަޝްފާ

-

މުޖުތަމަޢުގައި އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ބޭނުންކުރަމުން އަންނަ މީސްމީޑިއާގައި، ޚާއްސަ ގޮތެއްގައި އިންސްޓަގްރާމްގައި ހިއްސާކުރި ރީލެއް، އޭގެ ހަތް ގަޑިއިރު ފަހުން ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ބޮޑަށް ވާހަކަ ދެކެވޭ މައުޟޫޢަކަށް ވެއްޖެއެވެ. އެއީ، މަޝްހޫރު ފަންނާނެއް ކަމަށްވާ މަރިޔަމް އަޝްފާ އޭނާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވުމުގެ ކުރިން، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ރީލެކެވެ. މި ރީލްގައި ހުރި މެސެޖުތަކަކީ މި ހާދިސާއާ ގުޅިގެން އިތުރަށް މާނަފުންވެގެންދިޔަ މެސެޖުތަކެކެވެ.

Wamco

އަޝްފާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ރީލްގައި ވަރަށް ބޮޑަށް ބާރު އަޅާފައިވަނީ މަރުގެ ހަޤީޤަތަށެވެ. އެ ރީލްގައި ބުނެފައިވަނީ މަރު އައިސް ޖެހުމުން އެކަމަށް ދައްކާނެ އެއްވެސް ބަހަނާއެއް، އިތުރަށް ކުރާނެ މަޝްވަރާއެއް ނުވަތަ އެކަން ލަސްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެގޮތުން، މަރު އައިސް ޖެހުމުން އެކަމާއި ކުރިމަތިލާން ޖެހޭނެކަމާއި، އެއްވެސް ބަދަލެއް ނުވަތަ ލަހެއް ނެތި ފުރާނަ ގެންދެވޭނެ ކަމަށެވެ.

އަދި އެ ވަގުތު އަތުގައި ހުރި ފައިސާގެ މުހިންމުކަމެއް ނޯންނާނެކަމަށާއި، ތިމާގެ ހައިސިއްޔަތެއް ނުވަތަ މަޤާމެއް ބަލައިގަނެވޭނެ އެއްޗެއް ނޫންކަމަށްވެސް އެ ރީލްގައި ވަނީ ބުނެފައެވެ. މީސްމީޑިއާގައި ކިތަންމެ ގިނަ ފޮލޯވަރުން ތިބި ނަމަވެސް، އެ ވަގުތު އެ ފޮލޯވަރުންނަށް ވެވޭނެ އެހީއެއް ނޯންނާނެކަމަށްވެސް ރީލްގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެ ރީލްގެ އެންމެ މާނަފުން އަނެއް އެއް ބަޔަކީ، ތިމާ މަރުވުމާއެކުވެސް ދުނިޔެ ހިނގާނެކަމާއި، ތިމާ ނެތިވެސް ދުނިޔޭގެ ކަންކަން ކުރިއަށްދާނެކަން ހަނދާންކޮށްދީފައިވާ ބައެވެ.

މި ރީލް ހިއްސާކުރިތާ 7 ގަޑިއިރު ފަހުން، މިފަދަ ހިތާމަވެރި ހާދިސާއެއް އަޝްފާގެ ދިރިއުޅުމަށް ދިމާވުމުން، މި މެސެޖުތައް ވަނީ އިތުރަށް ހިތަށް އަސަރުކޮށްފައެވެ.

ގިނަ ބަޔަކު މި ރީލް ފާހަގަކޮށްފައިވަނީ މަރުގެ ހަޤީޤަތާ މެދު ވިސްނާލުމަށް ބާރުއަޅާ، ވަރަށް މާނަފުން މެސެޖުތަކެއް ހިމެނޭ ރީލެއްގެ ގޮތުގައެވެ.

މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ ( ތޭރަވާ ) ގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ކުއްލި ގޮތަކަށް ނިޔާވީ މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެވެ. މި އެކްސިޑެންޓުގައި އަލްސަންގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވި އިރު އެދެމީހުންގެވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އަޅުގަނޑުމެންގެ ދުއާ އަކީ އަޝްފާއާއި ތޭރަވާގެ ދަރިފުޅު އަލްސަންގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside