logoEN
cocacola
އުޅިއަށި ބޯޓު އަޑިއަށް ދިޔުން: "ލިބުނު ގެއްލުން އަންދާޒާ ވެސް ނުކޮށްލެވޭ"!

އުޅިއަށި ބޯޓު އަޑިއަށް ދިޔުން: "ލިބުނު ގެއްލުން އަންދާޒާ ވެސް ނުކޮށްލެވޭ"!

# ށ. ބިލެއްފަހި# ކަނޑުމަތީގެ ހާދިސާ# ށ.ކަނޑިތީމު

އުޅިއަށި ބޯޓު ދިޔަވެފައި

ށ. ކަނޑިތީމަށް ނިސްބަތްވާ އުޅިއަށި ބޯޓު، މާލެ އާއި އެ ދާއިރާގެ ރަށްތަކުގެ ދެމެދުގައި އެގޮތުގައި ދަތުރުކުރާތާ މިހާރު ވިއްސަކަށް އަހަރުވެދާނެއެވެ. އެ ފާއިތުވި ދިގު ރާސްތާގައި ވެސް، މިއަދު ހެނދުނު ބޯޓަށް ދިމާވި ޙާދިސާއަކީ މީގެ ކުރިން ދިމާވެފައިނުވާ ފަދަ، ހިތާމަވެރި ހާދިސާއެކެވެ.

ގޮސިޔާ

ރޭ މާލެއިން ކަނޑިތީމަށް އައިސް އެ ރަށުގައި އޮތުމަށްފަހު، ށ. ބިލެއްފައްސަށް އުޅިއަށި ދަތުރުފެށީ އެފަދަ ހިތާމަވެރި ކަމެއް ދިމާވެދާނެކަމަށް އުންމީދުކޮށްގެންނެއް ނޫނެވެ. އެހެން ނަމަވެސް މިއަދު ހެނދުނު 7:30 ހާއިރު އެ ބޯޓު، ބިލެއްފަހި ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ދިމާވި ހިތާމަވެރި ހާދިސާއިން ވި ގެއްލުން އެތައް މިލިއަނަކަށް އަރައެވެ.

ބޯޓު ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ބޯޓުގެ ދިރުނބާކޮޅު، ނެރުގެ ފައިކަށިގަނޑުގައި ޖެހި ދިޔަވާން ފެށީއެވެ. އޭރު ބޯޓުގައި އިތުރު ރަށްތަކެއްގެ މުދާ ހުރިއިރު، މުދާ ބޭލުނީ އެންމެ ރަށެއްގެ އެވެ. އެއީ އެ އަތޮޅު ކޮމަންޑޫގެ މުދާ އެކަންޏެވެ. ދެން ހުރި ހުރިހާ މުދަލަކާ އެއްކޮށް އުޅިއަށި ބޯޓު ފުންވާން ފެށީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

އެ ހާދިސާގެ މައުލޫމާތު ދެއްވަމުން ބޯޓުގެ ވެރިޔާ ކަމުގައިވާ އާގިލް، ގާފު ނޫހަށް ވިދާޅުވީ، މިހާރު ބޯޓު ފުންކުރެވި އަދި ބައެއް މުދާތައް ސަލާމަތްކުރެވުނު ނަމަވެސް، މިއަދުގެ ހާދިސާގައި ލިބުނު ގެއްލުން އަންދާޒާކުރަން ވެސް ނޭނގޭ ކަމަށެވެ. އެގޮތުން ދޯންޏަށް އެކަނި ބަލާއިރު ވެސް އެއީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ކަމުގައި އާގިލް ވިދާޅުވިއެވެ.

އަޅުގަނޑަކަށް ނޭނގޭ ބުނާކަށް، އެތައް މިލިއަން ރުފިޔާގެ ގެއްލުންވާނެ. އަދިވެސް އެ ހާދިސާއާ ހެދި ޝޮކެއްގައި މި ހުރީ - އާގިލް

undefinedއުޅިއަށި ބޯޓުގައި ހުރި މުދާތަށް ސަލާމަތްކޮށް، ބިލެއްފަހި ބަނދަރުމައްޗަށް އަރުވާފައި

މިއަދު ހެނދުނު އެ ހާދިސާ ހިނގުމާއެކު، ބިލެއްފަހީގެ ރައްޔިތުންނާއި ކަމާ ގުޅޭ އިދާރާތަކުން އެ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ޕަންޕު ޖަހައިގެން ފެން ހުސްކުރުމުގެ މަސައްކަތުގެ އިތުރުން، ބޯޓުގައި ހުރި މުދާތައް ސަލާމަތްކޮށް ރަށަށް އެރުވީ ވެސް އެންމެން ގުޅިގެން ކުރި މަސައްކަތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ