ކޮނޑޭ ވިލާސް: ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް ލިބުނު ޖަވާހިރެއް!
# ކޮނޑޭ ވިލާސް# ގެސްޓް ހައުސް ވިޔަފާރި--
ގއ ކޮނޑޭ ފާހަގަކުރެވިގެންދަނީ ގުދުރަތީ ރީތިކަމާއި އެކުވެސް ބިން ބޮޑު ރަށެއްގެ ގޮތުގައި އެވެ. އާބާދީ ކުޑަ ނަމަވެސް އެރަށަކީ އާމްދަނީ ހޯދޭނެ އެކި މަގުތައް ފަހިވަމުންދާ ރަށެކެވެ. އެގޮތުން މިހާރު އެރަށް އެންމެ ބޮޑަށް ފައްކާވަމުން ދަނީ ލޯކަލް ޓުއަރިޒަމް އަށެވެ. ނުވަތަ ގެސްޓް ހައުސް ވިޔަފާރި އަށެވެ.

ދާދި ފަހުން އެރަށުގެ ޒުވާނެއްގެ ބުރަ މަސައްކަތާއިއެކު ބޮޑު ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔައީ އެރަށުގެ ހުޅުވި ކޮނޑޭ ވިލާސް ގެސްޓް ހައުސްއިންނެވެ. އަހުމަދު ޖިނާހުގެ ބުރަ މަސައްކަތުން ހުޅުވި މި ތަފާތު އަދި ޒަމާނީ ގެސްޓު ހައުސް ވެގެން ގޮސްފައިމިވަނީ އެތަކެއް ދިވެހީންގެވެސް ޝައުގުވެރުކަން ދަމައިގަތް ގެސްޓް ހައުސްއަކަށެވެ.
ކޮނޑޭ, އަދި ވަކީން ޚާއްސަކޮށް ހުވަދު އަތޮޅުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދިން މި ގެސްޓު ހައުސްއަކީ 6 ކޮޓަރީގެ ގެސްޓް ހައުސްއެކެވެ. ކޮޓަރިތައް ޒަމާނީ އެވެ. ބޮޑެވެ. ރާއްޖޭގައި ހުންނަ ނަން މަޝްހޫރު ގެސްޓް ހައުސްތަކާއި އަޅާބަލާއިރު މި ގެސްޓް ހައުސްގެ ކޮޓަރިތަކަށްވެސް ހަމަ ގައިމުވެސް 5 ތަރި ދެވޭނެ އެވެ. ކޮޓަރީގެ މޫޑް ހުރީ އެސްތެޓިކް ގޮތަކަށެވެ.
ކޮނޑޭ ވިލާސްގައި ދެ ވައްތަރެއްގެ ކޮޓަރި ހުރެއެވެ. އެއީ ސްޓޭންޑާޑް އާއި ޑިލަކްސް ކޮޓަރިއެވެ.
މި ގެސްޓް ހައުސްގެ އެންމެ ފާހަގަކުރެވޭ އެއްކަމަކީ ގެސްޓު ހައުސްގެ އިންހައުސް ޕޫލް އެވެ. އެގޮތުން މި ޕޫލްއަކީ ކޮނޑޭގެ އިތުރުން ގއ އަތޮޅުގައި ވެސް މިހާތަނަށް މިހާ ރަނގަޅު ފެންވަރުގައި ތަރައްޤީކުރި ފުރަތަމަ ޕޫލެވެ. މި ޕޫލްއާއި އެކު މިހާރުވެސް ގއ އާއި ގދ އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ވީކެންަޑަށް ކޮނޑޭއަށް ދާ އަދަދު ވަނީ އިތުރުވެފައި އެވެ.
ރަނގަޅު ފެންވަރުގެ ކައްކާއަކާއި އެކު ކޮލެޓީ ކެއުންވެސް ލިބިގެންދާ މި ހިތްގައިމު ގެސްޓް ހައުސްއަކީ ދިވެހީންގެ ފެހިކަން ވަރަށްވެސް ބޮޑަށް ދައްކުވައިދޭ ގެސްޓް ހައުސްއެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ކޮނޑޭ ވިލާސްއިން މަސް ދަތުރުތަކަށް ދިއުމުގެ އިންތިޒާމާއި ސްނޯކްލިންއަށް ދިޔުން ވެސް އިންތިޒާމްކޮށްދެ އެވެ. މި ގެސްޓު ހައުސް އަކީ ހަމައެކަނި ބޭރުގެ ފަތުރުވެރިންނަށް ޚާއްސަ ގެސްޓް ހައުސްއެއް ނޫނެވެ. ދިވެހީންނަށް ވެސް މި ގެސްޓު ހައުސްގެ ދޮރު ހުރީ ހުޅުވިފައި އެވެ.
ވަށައިގެން ހިތްގައިމު މޫދާއި ފަރު އޮންނަ ކޮނޑޭއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށަކަށް ހެދުމަކީ ކޮނޑޭ ވިލާސްގެ މެނޭޖްމެންޓުގެ އަމާޒެވެ. މިފަދަ ބޮޑު އިންވެސްޓްމެންޓެއް އެރަށަށް އައުމަކީ އެރަށުގެ ރައްޔިތުން އެކަމާ ނުހަނު އުފާކުރާ ކަމެކެވެ.
ހުވަދު އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފައްކާވަމުންދާއިރު ކޮނޑޭ ވިލާސް ވެގެން މިދަނީ އެއަތޮޅަށް ލިބުނު ޖަވާހިރަކަށެވެ.