
Screenshot 2022-10-26 at 16.13.04
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހެދުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި އޭޑީކޭ ހޮސްޕިޓަލާ އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވެއްޖެ އެވެ.
ވިނަރެސް ފްލެޓްތައް ކައިރީ, ހިތިގަސް މަގުގައި މެޑިކަލް ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކުރީ 24 ޖެނުއަރީ 2022 ގައެވެ.
ފެސިލިޓީ ހެދުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ އިރު, އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.
ފްރޭމްވޯކް އެއްބަސްވުމަށްފަހު ދެން ކުރިއަށްދާނީ އެ ފެސިލިޓީ ކުރެހުމާއި އެ ނޫން ކަންކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. އެގޮތުން އޭޑީކޭގެ ފަރާތުން އިއްޔެ ވަނީ ފެސިލިޓީ ކުރެހުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
އެތަން ހަދާ ބިމުގެ ބޮޑުމިނަކީ 71,097 އަކަފޫޓެވެ. ފެސިލިޓީގައި ހުންނާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވަނީ ފަސް ބުރި އެވެ. އަދި ގްރައުންޑް ފްލޯ އާއި ބޭސްމަންޓް ޕާކިން ހުންނަންޖެހެ އެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)






