


.jpeg?w=3840&q=75)




މަގޭ ބިޓުގެ ވެޑިންގެ ޓްރެއިލަރ ނެރެފިއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން، ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލަރ އިން ފިލްމުގެ މަޖާ ކަމާއި ޝައުގުވެރިކަން ވަނީ އިތުރުކުރުވާފައެވެ.
ފިލްމުގައި ހިމެނޭ ތަރިންގެ ހުނަރުވެރިކަން ވެސް ހާމަވާ މި ޓްރެއިލަރ އިން ދައްކާދީފައިވާއިރު، ކޮމެޑީ އަދި ރޮމޭންޓިކް ރަހަތަކެއް އެކުލެވޭކަން ފާހަގަކުރެވެއެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެކަމަށް ބެލެވޭ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޝަރަފް އަބްދުﷲ، ފާތިމަތު ރާޔާ އަބްދުﷲ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބު އަދި އަހުމަދު ސައީދު އެވެ. އަދި ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މި ފިލްމުގެ މުހިންމު ބައިތަކަކުން ފެނިގެންދާނެއެވެ.
މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި ޑައިރެކްޓަރު ޝަހުދާ މަހްމޫދު (ޝަހޫ) އެވެ. ފިލްމުގެ ފަންނީ މަސައްކަތްތަކަށް ބަލާއިރު، ކެމެރާކޮށްފައިވަނީ އަހުމަދު ޒިފާފް (ޒިއްޕެ) އެވެ. އަދި ފިލްމު އެޑިޓްކޮށްފައިވަނީ ރާއްޖޭގެ ފުންނާބުއުސް، މަޝްހޫރު ޑައިރެކްޓަރު އަދި އެޑިޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު އަދި ކައިލީން މުހައްމަދު އަލީ ޕްރޮޑިއުސްކޮށްފައިވާ ”މަގޭ ބިޓުގެ ވެޑިން“ އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ކައުންޓަރުން ވިއްކަން ފަށާފައިވާއިރު، ޕްރޮޑަކްޝަންގެ ހޮޓްލައިން ނަންބަރު 9911229 އަށް ގުޅައިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.



.jpeg?w=3840&q=75)
