


.jpeg?w=3840&q=75)



.jpeg?w=3840&q=75)
-
ލޯކަލް ގަވަރމަންޓްތަކާ ބެހޭ އެންމެ ބޮޑު އެސޯސިއޭޝަން ކަމުގައިވާ "ސިޓީ ނެޓް" ގެ 46 ވަނަ ސަރަޙައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ދެ ކައުންސިލަރަކު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މޭޔަރު ޢާޒިމްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދެ ކައުންސިލަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ އަދި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ލައިޒާއެވެ. ސަރަޙައްދީ އެކި ސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު ބައްދަލުވުން ކުރިއަށްދަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ސިޓީ ހޯލް ޓްރޭނިންގ އިންސްޓިޓިއުޓްގައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ލާމަރުކަޒީ އުސޫލުން ސިޓީ ފެންވަރުގައި އެކުލަވާލި ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީ.އެލް.އާރު) އާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެސް.ޑީ.ޖީ 11 (ސަސްޓެއިނަބަލް ސިޓީސް އެންޑް ކޮމިއުނިޓީސް) އާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
މީގެއިތުރުން، އެސް.ޑީ.ޖީ 11 ގެ ލަނޑުދަނޑިތައް އިތުރަށް ހަރުދަނާކުރުމަށާއި، މި ޒަމާނުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.



.jpeg?w=3840&q=75)

.jpeg?w=3840&q=75)


