


.jpeg?w=3840&q=75)




Fe135GcagAAN9UE
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ހިޔާ ފްލެޓްގައި ހުޅުވައިފި އެވެ.
އެޗްޑީސީއިން ބުނި ގޮތުގައި ހިޔާ ފްލެޓު ސަރަހައްދުގައި ގާއިމްކޮށްފައިވަނީ ނަފްސު ސައިކޮލޮޖިކަލް ސާވިސަސްގެ ކްލިނިކެއް ކަމަށެވެ. އަދި އެ ކްލިނިކް ހުންނާނީ ހިޔާގެ 11 ވަނަ ޓަވަރުގައި ކަމަށްވެސް ބުނެފައިވެއެވެ. އެ ކްލިނިކު މިހާރު ވަނީ ހުޅުވާފައެވެ.
ނަފްސު ސައިކޮލޮޖިކަލް ސަރވިސަސްއަކީ ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެއް. ހިޔާ 11 ވަނަ ޓަވަރުގައި މި ކްލިނިކް ވަނީ މިހާރު ހުޅުވައި އާންމުނަށް ޚިދުމަތްދޭން ފަށާފަ.#MageyHiya pic.twitter.com/TNddYAfvES
— HDC (@hdcmaldives) October 12, 2022
ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުން އާމަން އޮމާންކަންމަތީގައި ދިރިއުޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮގަސްޓް ހިސާބުގައެވެ. މިހާރު އެތަނުގައި ހަދާފައިވާ ޓަވަރުތަކުގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
އެތާގައި ދިރިއުޅޭ ފަރާތްތަކުގެ އަސާސީ ބޭނުންތައް ފުށްދުމަށް އެކި ޓަވަރު ތަކުގައި ފިހާރަތައް ވެސް ހުރެ އެވެ. ވަރަށް ފަހުން ވަނީ ހިޔާ ފްލެޓްގައި ސެލޫން އަކީ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.



.jpeg?w=3840&q=75)




