
-
ފ. ނިލަންދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ނިލަންދޫގައި ސަރުކާރުން ބިނާ ކުރަމުން އަންނަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުރިހަމަ ޒަމާނީ މިސްކިތްތައް ބިނާކޮށް، އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވައިދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.







.jpeg?w=3840&q=75)




.jpeg?w=3840&q=75)


