
-
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކޮށްފި އެވެ،
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއި، ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާއި، އެކުންފުނީގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އެކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ އެކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން އެކަން ޤަބޫލުކޮށް، މިއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެންވެސް ކޮށްދެންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.އެމްޓީސީސީގެ އަމާޒަކީ، އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށާއި، މިއީ ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އުއްމީދު ކޮށްގެން ތިބި މުވައްޒަފުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށްވާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.
އެމްޓީސީސީން ވިދާޅުވީ، އެކުންފުނީގެ މެނޭޖްމަންޓުގެ އަމާޒަކ،ީ ބިން ހަމަޖެހުމާއެކު މި މަޝްރޫއު ވީހާވެސް އަވަހަކަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.













%20(1).jpeg?w=3840&q=75)

