








GMG_7838
ހުވަދު އަތޮޅަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022” ގެ ސެމީ ފައިނަލްގެ ގުރުއަތުލުން ބާއްވައިފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ދަ ލެޖެންޑްސް، ގޫވަލް އެފްސީ، ސްކޯޕިއަންސް ސިޓީ، ކުލަބް ޓީއެންޓީ އެވެ.
ދަ ލެޖެންޑްސް، ގޫވަލް އެފްސީ އަދި ސްކޯޕިއަންސް ސިޓީ ސެމީ ފައިނަލަާް ދަތުރުކުރީ ގްރޫޕް އެއްވަނަ ހޯދައިގެންނެވެ. އަދި ކުލަބް ޓީއެންޓީ ފައިނަލަށް ދަތުރުކުރީ، މިރޭ ކުޅެން އޮތް ސެމީ ފައިނަލް ޕްލޭއޮފް މެޗަށް މަޑަވެލި ޓީމު ހާޒިރު ނުވުމުން މެޗު ލިބިގެންނެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުރާ މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޕްލެޓިނަމް ޕާޓްނަރ އަކަށް ސްޓެލްކޯ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރ އަކީ ގދ. ވާދޫ ކައުންސިލެވެ. ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.
މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ. އަދި އެސޯސިއޭޓް މީޑިއާ ޕާޓްނަރ އަކީ ދައުރު އެވެ.








