








ވިލަރެއާލް އާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕޭންގެ ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޑޯޓްމަންޑް އިންނެވެ. މިލަނޑަކީ މެޗުގެ 53 ވަނަ މިނެޓުގައި ވިލަރެއާލްގެ ޑިފެންޑަރު ރެނާޓޯ ވެއިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވިލަރެއާލް އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސެންޓިއާގޯ މޮރީނޯ އެވެ. އަދި ޑޯޓްމަންޑް އިން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ފޯވާޑް ސެރްހޫ ގުރާސީ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއެއްގައި ގުރާސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ވިލަރެއާލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑޯޓްމަންޑްގެ ގުރާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.




