
.jpeg?w=3840&q=75)





.png?w=3840&q=75)

-
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ފަށައިގެން ބާރަށް ކުރިއަށް އެބަދެއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި، ގދ. އަތޮޅުގެ އެކި ރަށްރަށުގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު، މަގުމަތީގެ ރައްކާތެރިކަމާ މެދު މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މި ރޯޑްޝޯގެ ތެރެއިން ގދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމުކުރުމަށާއި، ރައްކާތެރި އަދި އަމާން ވެއްޓެއް ބިނާކުރުމަށްޓަކައި ރައްޔިތުންނާ ގުޅިގެން މުހިންމު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި:
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)

