.png?w=3840&q=75)





.jpeg?w=3840&q=75)

.jpeg?w=3840&q=75)
-
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ދަހިވެތިކަމުގައި، އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެން ރަސްމާލެ މަޝްރޫޢަށް ހުރަސްއަޅުއްވަން އުޅުއްވުމަކީ ޤައުމަށާއި ރައްޔިތުންނަށް ވެވަޑައިގަންނަވާ ޚިޔާނާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު ބިޔަ މަޝްރޫޢު ހުއްޓުވުމަށް އޭރު އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ މަޝްރޫޢަށް ހުރަސްއެޅުމަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ.
އޭރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ސުވާލު އުފެއްދެވީ، އެ ދުވަސްވަރު އެމްޑީޕީން ޤައުމަށް ޣައްދާރުވީ ކަމަށް ވިދާޅުވި ބޭފުޅާ، މިއަދު ހަމަ އެ ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމަށާއި ރައްޔިތުންނަށް ޣައްދާރުވެވެނީ ނޫންތޯއެވެ. އަދި ވެރިކަމުގެ ދަހިވެތިކަން ބޮޑުވެގެން ގޮސް، އަމިއްލައަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް އެނގިވަޑައިނުގަންނަވާ ހިސާބަށް ރައީސް ޔާމީންގެ ކަންކަން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް. ޤައުމާމެދު ވިސްނާ ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ޔަޤީންކަން ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު އެ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލަސްތަކެއް ނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ ކަމަށާއި، މި މަސައްކަތް ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.
މުސްތަޤްބަލުގައި ރަސްމާލެ މަޝްރޫޢުގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހިން އަބަދުވެސް ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ކަމަށެވެ. އަދި ސަރުކާރުގެ އަބަދުވެސް މައިގަނޑު ޝިޢާރަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
.png?w=3840&q=75)




.jpeg?w=3840&q=75)

