
.png?w=3840&q=75)






.jpeg?w=3840&q=75)
-
މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމަށާއި، ތަޙުޤީޤުތަކުގެ ޞައްޙަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ މަޤްޞަދުގައި "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއަރ ތަޢާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަޙައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު އަދި ސީދާކޮށް ކުރެހުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.
މި ސޮފްޓްވެއަރގައި ހިމެނޭ މުހިންމު ޚާއްޞިއްޔަތުތަކުގެ ތެރޭގައި:
މިއީ ރާއްޖޭގެ މަގުމަތީގެ އެކްސިޑެންޓް ތަޙުޤީޤުކުރުމުގެ މަރުޙަލާތައް ޒަމާނީކޮށް، ތަޙުޤީޤީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ރައްކާތެރިކޮށް ޑޮކިއުމެންޓްކުރުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ޓްރެފިކް މައްސަލަތައް ނިންމުމުގެ އޮޕަރޭޝަނަލް ދުވެލި ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތަޢާރަފުކުރުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

.png?w=3840&q=75)




.jpeg?w=3840&q=75)

