.png?w=3840&q=75)





.jpeg?w=3840&q=75)

.png?w=1920&q=75)
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ޔަމަަނުގެ ވެރިކަންކުރާ ޖަމާއަތް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ބައިނަލްއަގުވާމީ ލީޑަރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ލިބިފައިވާ ބައެއް ރިއެކްޝަންތައް ތިރީގައި އެވަނީއެވެ:
އިރާގުގެ ބޮޑުވަޒީރުގެ ތަރުޖަމާނު ސަބާހް އަލް-ނުޢުމާން މި ހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ، މީގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ފޮން ޑަރ ލޭޔަން މި ހަމަލާ ސިފަކުރެއްވީ އީރާނުގެ މަދަދުލިބޭ ގުރޫޕްތަކުން ދިން "ނުރައްކާތެރި ހަމަލާއެއްގެ" ގޮތުގައެވެ. އަދި މީގެ ސަބަބުން މުޅި ސަރަހައްދު އަނިޔާވެރިކަމުގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ދަތުރުފަތުރާއި ހަކަތައިގެ ނިޒާމުތަކަށް ނުރައްކާވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލަސް ވަނީ މިއީ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން "ބިރުވެރި ޓެރަރިސްޓް އަމަލެއް" ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިންގ ވިދާޅުވީ، މިއީ އިންތިހާއަށް ދަށުދަރަޖައިގެ ހަމަލާއެއް ކަމަށާއި، ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ތަންތަނަށް ހޫޘީން ހަމަލާތައް އަމާޒުކުރުމުން މިކަން އިތުރަށް ގޯސްކަން ހާމަވާ ކަމަށެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފުލް ވެސް ވަނީ މިއީ މަދަނީ ވައިގެ ދަތުރުފަތުރަށް އަމާޒުކޮށް ދިން "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އޭނާ އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވިއެވެ.
.png?w=3840&q=75)



