
-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަށުކަމާކެމީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އުލިގަމާއި ހއ. އުތީމުގައި ކުރިއަށްގެންދިޔަ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް 58 ބައިވެރިއަކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދިއުމުގެ ސެޓްފިކެޓާއި ރަސްމީ ހުއްދަ، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް އަރުވާފައިވަނީ މި ދެ ރަށުގައި ވަކިވަކިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައެވެ.
ހއ. އުލިގަމުގައި މި ތަމްރީނު ކުރިއަށްގެންގޮސްފައިވަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި، އުލިގަމު ކައުންސިލްގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. އެ ރަށުން މި ޕްރޮގްރާމުގައި ޖުމްލަ 36 ބައިވެރިއަކު ފާސްވެފައިވާއިރު، އެ ބޭފުޅުންނަށް ސެޓްފިކެޓާއި ރަސްމީ ހުއްދަ އަރުވާފައިވަނީ 2026 އޮކްޓޫބަރު 6 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.
މީގެއިތުރުން، ހއ. އުތީމުގައިވެސް މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި، އުތީމު ކައުންސިލް އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. އޮކްޓޫބަރު 7 ވީ ބުދަ ދުވަހު އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި، މި ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކުރި 22 ބައިވެރިއަކަށް ވަނީ ސެޓްފިކެޓާއި ރަސްމީ ހުއްދަ ޙަވާލުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން 900 އާ ގާތްކުރާ އަދަދަކަށް ޖަމާޢަތްތެރިން ވަނީ ތަމްރީނުކޮށް، ސެޓްފިކެޓާއި ހުއްދަ ދޫކޮށްފައެވެ.


.jpg?w=3840&q=75)
.png?w=3840&q=75)




.png?w=3840&q=75)





.jpeg?w=3840&q=75)
