
އެފްސީ މުސާފިރުގެ ކުޅުންތެރިން މުބާރާތުގެ ވެޓަރެންސް ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ދިރާގު ހަތަރުވަނަ ރެޕްސް ފުޓްސަލް ކަޕް 2026 ގެ ވެޓަރެންސް ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީ މުސާފިރުން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން އެފްސީ މުސާފިރު ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެފްސީ ލެޖެންޓްސް ފައިނަލުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް އެފްސީ މުސާފިރުންނެވެ.
ހުޅުމާލެ ފޭސް އެކެއްގެ ހަތަރު ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މުސާފިރުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓިގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ފަޔާޒް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެފްސީ މުސާފިރު ކުރީގައި އޮވެެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ މުސާފިރުގެ އަހުމަދު ފަޔާޒް އެވެ.
ސެޕްޓެންބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ ރެޕްސް ފުޓްސަލް ކަޕް 2026 ގެ ވެޓަރެންސް ޑިވިޝަންގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރިއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.












.jpg?w=3840&q=75)



