








މިކްސް ޑަބަލްސް ޗެމްޕިއަން ޒީހާން އަދި މަންޝާ..ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު ޒީހާން އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި އަހުމަދު މައިޝާން އާއި ހާޖަރު ބިންތު މުހައްމަދު ތައުފީގު އަލީގެ ޕެއާ އާއި ވާދަކޮށް މުހައްމަދު ޒީހާން އަހުމަދު މައިޝާންގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް 13 / 14 ގެ ނަތީޖާއަކުން ޒީހާން އާއި މައިޝާންގެ ޕެއާ އިން ކާމިޔާބުކުރި، ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 20/ 16 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހާޖަރު އާއި މަންޝާގެ ޕެއާ އިންނެވެ. އަދި މެޗުގެ ތިންވަނަ ސެޓް ޒީހާން އާއި މައިޝާންގެ ޕެއާ އިން ކާމިޔާބުކުރީ 10 / 14 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ އަހުމަދު މުޝްރިފް އާއި އާމިނަތު ޖުނާނާ ސައުދުالله ގެ ޕެއާ އިންނެވެ. މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އަބްދުالله ކިޔާން ބިން ޝާޒް އާއި ނާލާ ބިންތު އަޔާޒް ހަސަންގެ ޕެއާ އާއި ވާދަކޮށް އަހުމަދު މުޝްރިފް އާއި އާމިނަތު ޖުނާނާ ސައުދުاللهގެ ޕެއާ އިން ކާމިޔާބުކުރީ 20/12 އަދި 25/03 ގެ ނަތީޖާއަކުންނެވެ.03 އޮކްޓޯބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގައި މިއަހަރު ޖުމްލަ 18 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.








