







މަސްތުވާތަކެތި
ކޫރިއާރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކޫރިއާރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރެއިން ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި ޕެކޭޖް ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށްވާ ކެނެބިސް ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3600 ގުރާމް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިހާރަކަށްއައިސް ވައިގެ މަގުންނާއި ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް ގިނަ އެވެ.







