
.jpeg?w=3840&q=75)





.jpeg?w=3840&q=75)

ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) ބަލިކޮށް އައުޓްރޭޖް ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގެ ފުރަތަމަ ގޭމްގައި އައުޓްރޭޖްގެ ޖުގާލް އާއި އެމްސީއޭގެ މުތަސިރު ވާދަކުރި ސިންގަލްސް ފުރަތަމަ މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖުގާލް އެވެ.
މިމެޗުގެ ފުރަތަމަ ސެޓް 15-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުންތަސިރު އެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 7-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުގާލް މެޗުގެ ނަތީޖާ އެއްވަރުކުރިއިރު، މެޗުގެ ތިންވަނަ ސެޓް ޖުގާލް ކާމިޔާބުކުރީ 14-25 ގެ ނަތީޖާއަކުންނެވެ.
ފައިނަލްގެ ދެވަނަ ގޭމުގައި އެމްސީއޭގެ ރުޝްދީ އާއި އައުޓްރޭޖް ސްޕޯޓްސް ކުލަބުގެ މައިޝާން ވާދަކުރި ސިންގަލްސް ދެވަނަ މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މައިޝާން އެވެ.
އެގޮތުން މިމެޗުގެ ފުރަތަމަ ސެޓް 17-15 ގެ ނަތީޖާއަކުން ރުޝްދީ ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެ ސެޓް ފަސޭހަކަމާއެކު 25-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިޝާން ވަނީ މެޗުން މޮޅުވެފައެވެ.
ފައިނަލްގެ ތިންވަނަ ގޭމުގައި އެމްސީއޭގެ ޔަމާން އާއި އަޒްލާންގެ ޕެއާ އާއި ވާދަކޮށް އައުޓްރޭޖްގެ އިރުޝާދު އާއި ޒީހާންގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 23-24 / 8-25 ގެ ނަތީޖާއަކުންނެވެ
މީގެ އިތުރުން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިންވަނަ 2-1 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ހޯދީ ޕޮލިސް ކުލަބުންނެވެ.
މިއަހަރު މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ ނުވަ ޓީމު ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވާނީ ބައިވެރިވި ނުވަ ޓީމުގެ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

.jpeg?w=3840&q=75)






