






ހުރާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ކ.ހުރާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 43 ބިދޭސީން ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ މިއީ ގަވައިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކ. ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނާއި ކަމާ ބެހޭ އިދާރާތްތަކުން ގުޅިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށްވެސް ގަވައިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ޑީޕޯޓްކޮށްފައިވެ އެވެ.





