




.jpeg?w=3840&q=75)



ފިރިހެން ސިންގަލްސް ޗެމްޕިއަން އިބްރާހިމް ހުޖާން އަލީ...ފޮޓޯ: ގާފު ސްޕޯޓްސަ
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ ހޯދައިފިއެވެ.
ފިރިހެން ސިންގަލްސް ފައިނަލް ފައިނަލުގައި މުހައްމަދު މުންތަސިރު އާއި ހުޖާން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން އިވެންޓް ހުޖާން ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް 11 ޕޮއިންޓްގެ ލީޑަކާއެކު 14-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުންތަސިރު އެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 15-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހުޖާން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ދެކުޅުންތެރިންގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިފެންދިޔައިރު، މިސެޓް ހުޖާން ކާމިޔާބުކުރީ 23-22 ގެނަތީޖާއަކުންނެވެ.
މީގެ އިތުރުން މިއަހަރުގެ ގައުމީ މުބާރާތުގެ ފިރިހެނުންގެ ޑަބަލްސް ފައިނަލުގައި ޚާތިމް ޚަލީލް އާއި އިސްމާއީލް އަޒްމީންގެ ޕެއާ އާއި ވާދަކޮށް އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ 2-0 ގެ ނަތީޖާއަކުން މޮޅުވެ ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދިއިރު، މިކްސް ޑަބަލްސް ފައިނަލުގައި ހަސަން ނާޒިމް އާއި އާމިނަތު ވިދާދުގެ ޕެއާ އާއި ވާދަކޮށް އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އިން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
08 އޮކްޓޯބަރު 2026 އިން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ސިންގަލްސް އިވެންޓުގައި މިއަހަރު ޖުމްލަ 53 ކުޅުންތެރިން ވާދަކުރިއިރު، މިއިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.








