
.jpeg?w=3840&q=75)





.jpeg?w=3840&q=75)

ފޮޓޯ: ފާގު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ލެގޫންސް ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބް ވޮލްޓާރސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލުގެ ފުރަތަމަ ގޭމްގައި ވޮލްޓާރސްގެ ނަހުފާ އާއި ލެގޫންސްގެ އިންޝާ ވާދަކުރި ސިންގަލްސް ފުރަތަމަ މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނަހުފާއެވެ.
އެގޮތުން މިމެޗުގެ ފުރަތަމަ ސެޓް 15-25 ގެ ނަތީޖާއަކުން އިންޝާ ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެ ސެޓް ފަސޭހަކަމާއެކު 25-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނަހުފާ ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. އަދި ނަހުފާ މެޗުން މޮޅުވި ތިންވަނަ ސެޓް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 25-15 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗުގެ ދެވަނަ ގޭމުގައި ކުލަބު ވޮލްޓާރސްގެ ވިދާދު އާއި ލެގޫންސް ސްޕޯޓްސް ކުލަބުގެ ފައިނާޒް ވާދަކުރި ސިންގަލްސް ދެވަނަ މެޗު ފަސޭހަކަމާއެކު 18-07 / 23-07 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިދާދު އެވެ.
ފައިނަލް މެޗުގެ ތިންވަނަ ގޭމުގައި ލެގޫންސް ސްޕޯޓްސް ކުލަބުގެ ވިޝާމާ އާއި ޝަރާގެ ޕެއާ އާއި ވާދަކޮށް، ކުލަބު ވޯލްޑާރސްގެ ޒުލްފިޝާން އާއި ކައިސާގެ ޕެއާ އިން ފައިނަލް މެޗުގެ ޑަބަލްސް އިވެންޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 21-14 / 25-10 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ އަންހެން ޓީމު އިވެންޓްގެ ތިންވަނަ ހޯދީ އޮޑި ސްޕޯޓްސް ކުލަބުންނެވެ. އަދި މިއަހަރު މުބާރާތުގެ އަންހެން ޓީމު އިވެންޓުގައި ޖުމްލަ ފަސް ޓީމު ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވާނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.





.jpeg?w=3840&q=75)


