
%20(5).jpg?w=3840&q=75)

.jpeg?w=3840&q=75)



%20(5).jpg?w=3840&q=75)
-
ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިންތަކެއް ދޫކޮށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައިގައި، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް ސަޢުދު ޢަލީ ހިމެނޭހެން 4 ކައުންސިލަރެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ:
"ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބީލަމަށް ހުޅުވާނުލައި ސިނާޢީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ނިންމާފައިވަނީ އިޢުލާންކުރުމަކާ ނުލައި ގަވައިދާ ޚިލާފަށް ކަމަށް ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. މި ނިންމުމަށް ތާއީދުކޮށްފައިވަނީ އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރެވެ.
މީގެއިތުރުން، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުމުގެ އިތުރުން 2,000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވައިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި މި 4 ބޭފުޅުންގެ މައްޗަށް ދަޢުވާކުރުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

%20(5).jpg?w=3840&q=75)

.jpeg?w=3840&q=75)


%20(5).jpg?w=3840&q=75)

