




%20(4).jpeg?w=3840&q=75)



އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޓެކްސާއި ގުޅޭ 2 ބިލަކަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލަަށް ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު އިއުލާނެއްގައި ވަނީ މިއީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ދިރާސާކުރައްވަމުންގެންދަވާ 2 ބިލް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އަދި "ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އަށް އާންމުންގެ ހިޔާލު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
މި ދެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި އަންނަ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ އީ-މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދިފައިވެ އެވެ.







.jpg?w=3840&q=75)
