








ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލީ ރަޝީދު ހުސައިން، ރިޓަޔާކުރައްވާތީ، އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ހުސައިން މަގާމުން ރިޓަޔާކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ދިރާސާކުރުމަށްފަހު، އެދުމާ އެއްގޮތަށް ފަނޑިޔާރުކަމުން ރިޓަޔާކުރަން ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުކަމުން އެބޭފުޅާ ރިޓަޔާކުރެއްވުމަށް ނިންމުމާއި ގުޅިގެން ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސް އަށް މަޝްވަރާދެއްވުމަށް، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށް މިހާރު ހުޅުވާލައިފި އެވެ.
މިކަމަށް ޝައުގުވެރިވާ ޝަރުތުހަމަވާ ފަރާތްތައް މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު،އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ. އެއީ އަލީ ރަޝީދު، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.






.jpeg?w=3840&q=75)

