




%20(4).jpeg?w=3840&q=75)



ވެމްކޯ ސަރަހައްދު
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހޮޓްލައިން 1666 ގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް ވެމްކޯ އިން ބުނެފި އެވެ.
ވެމްކޯ އިން މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ ހުކުރު ދުވަހު ކަމަށެވެ.
ވެމްކޯ އިން ބުނީ ހިދުމަތް މެދުކަނޑާލާ ވަގުތުތަކުގައި، މިސްޑް ކަލެކްޝަން ރިޕޯޓްކޮށް، ކެޕްސް ގެ ހިދުމަތްތައް އެދިލުމަށް ވެމްކޯ އެޕް ހިޔާރުކުރުމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތައްވެސް ވެމްކޯގެ އެޕް ބޭނުންކުރަން އެ ކުންފުނިން ވަނީ އެދިފަ އެވެ.








