




%20(4).jpeg?w=3840&q=75)



-
ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހދ. ކުޅުދުއްފުށި ސިޓީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލްކުރެވުނު 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ކާމިޔާބުކަމާއެކު ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ކުންފުނިން ޚިދުމަތާ ޙަވާލުވުމަށްފަހު، ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން މި އައު ޖަނަރޭޓަރު ސެޓް ކާމިޔާބުކަމާއެކު މިހާރު ވަނީ ރަށުގެ ކަރަންޓު ވިއުގައާ ގުޅާލެވިފައެވެ.
މި އައު ޖަނަރޭޓަރު ސެޓާއެކު ކުޅުދުއްފުށީގެ ކަރަންޓު ވިއުގައަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.







