








އައްޑޫ ސިޓީއަށް ގެންދިޔަ 2 ޖަނަރޭޓަރު ސެޓް
1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓް އައްޑޫ ސިޓީއަށް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން ބުނީ މިއީ އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ދޭން ފެށުމަށްފަހު، އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ގެންދެވުނު ދެ ޖަނަރޭޓަރު ސެޓް ކަމަށެވެ.
މި ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ދަނީ ފެނަކައިން ދޭ ހިދުމަތްތަކާއި ހަވާލުވުމާއެކު، މި ހިދުމަތްތަކާއި ސްޓެލްކޯއިން މިހާރު ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކި މަސައްކަތްތައް ކުރަމުންނެވެ.








