








މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު އާއި ކޮމިޝަނަރާ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާއި ބައްދަލުކުރައްވައިފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ވަފުދުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި، ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމާއި، އިވެންޓްސް ޑިރެކްޓަރ ޢާއިޝަތު ޙަމްލާއާއި، ސީނިއަރ އިވެންޓް ޕްލޭނަރ ޢައްބާސް މުޙައްމަދު އަދި ސީނިއަރ ޕީއާރް އޮފިސަރ މުޙައްމަދު ނަވީ ހިމެނިވަޑައިގަންނަވަ އެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ހަރަކާތްތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.




