
.jpg?w=3840&q=75)







-
މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރަށްދެބައިމަގު، މއ. ފުނަގޯޅި މަރާމާތުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ މާލޭގެ މަގުތަކާއި ގޯޅިތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، އާންމު ދިރިއުޅުމަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސިޓީ ކައުންސިލުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ކުދި ގޯޅިތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ދަތުރުފަތުރު ކުރުމުގައާއި އާންމު ދިރިއުޅުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ހަނި ގޯޅިތައް މަރާމާތުކޮށް ތަރައްޤީ ކުރުމަކީ ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ މައިގަނޑު އަމާޒަކީ މިފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް، މާލެ ސިޓީއަކީ ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުން ކަމަށެވެ. އަދި މި ލަނޑުދަނޑިތައް ހަލުވިކަމާއެކު ހާސިލުކުރުމަށްޓަކައި ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން ފުރިހަމަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި ފުނަގޯޅި މަރާމާތުކޮށް އެއްކޮށް ނިމުމުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން، ފަސޭހަ އަދި ސާފުތާހިރު މާހައުލެއް ލިބިގެންދާނެއެވެ.

.jpg?w=3840&q=75)



.jpeg?w=3840&q=75)


