






.jpg?w=3840&q=75)

މަޝްހޫރު އެކްޓަރ ރާމް ކަޕޫރު. ބަރުދަނުގައި 140 ކިލޯ ހުރިއިރު ހިނގަންވެސް އުނދަގޫވި ކަމަށާއި، ދެ ފަހަރެއްގެ މަތިން 30 ކިލޯ ލުއިކުރިކަމަށް އޭނާ ވަނީ ހާމަކޮށްފައި
އިންޑިއާގެ މަޝްހޫރު ޓީވީ އަދި ފިލްމު އެކްޓަރ ރާމް ކަޕޫރު އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރާ ގުޅޭގޮތުން ވާހަކަދައްކަމުން، ބަރުދަނުގައި 140 ކިލޯ ހުރިއިރު 20 ފިޔަވަޅު ވެސް ނޭޅޭ ހިސާބަށް ހާލަތު ގޯސްވިކަން ހާމަކޮށްފިއެވެ.
ދާދި ފަހުން އިންޑިއާގެ ނުހަކަށް ދިން އިންޓަވިއުއެއްގައި ރާމް ވަނީ އޭނާ އިންތިހާއަށް ފަލަވުމުގެ ސަބަބުން ކުރިމަތިލާން ޖެހުނު އުނދަގޫތަކާއި ޞިއްޙީ ގޮންޖެހުންތައް ކިޔައިދީފައެވެ.
އެގޮތުން ބަރުދަން އިތުރުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޞިއްޙަތު ރަނގަޅު ކުރުމަށް ކުރި ބުރަ މަސައްކަތުން، ދެ ފަހަރެއްގެ މަތިން އޭނާ ވަނީ 30 ކިލޯ ލުއިކޮށްފައެވެ.
ރާމް ކަޕޫރުގެ ބަރުދަން ލުއިކުރުމުގެ މި ދަތުރަކީ ގިނަ ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމެކެވެ.
އޭނާ ފިޓްނަސްއަށް ދިން ސަމާލުކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައި ބޮޑެތި ބަދަލުތަކުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދައްކައިދެއެވެ.




