






.jpg?w=3840&q=75)

ޖަޕާނުގެ ބަތަލާ މާނާ އަޝީޑާ. މަޝްހޫރު ކޮރެއަން ޑްރާމާ 'އެކްސްޓްރާއޯޑިނަރީ އެޓަރނީ ވޫ' ގެ ޖަޕަނީސް ރީމޭކްގެ ލީޑް ރޯލުން ފެނިގެންދާނީ އޭނާ.
2022 ވަނަ އަހަރު ނެރުނު ކާމިޔާބު ކޮރެއަން ޑްރާމާ 'އެކްސްޓްރާއޯޑިނަރީ އެޓަރނީ ވޫ' ގެ ޖަޕަނީސް ރީމޭކެއް އުފެއްދުމަށް ނިންމައިފިއެވެ.
'އެކްސްޓްރާއޯޑިނަރީ އެޓަރނީ މިނާމީ' ގެ ނަމުގައި ގެނެސްދޭ މި ރީމޭކްގެ ލީޑް ރޯލުން ފެނިގެންދާނީ ޖަޕާނުގެ މަޝްހޫރު ބަތަލާ މާނާ އަޝީޑާއެވެ.
ނެޓްފްލިކްސް ޖަޕާންގެ ރަސްމީ އެކްސް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ސީރީޒްގައި މާނާ އަޝީޑާ ކުޅޭނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ، އަލަށް ވަކީލުކަން ފަށާ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ މިނާމީ މިނާމިޑާގެ ރޯލެވެ.
މާނާ އަޝީޑާއަކީ ކުޑައިރުއްސުރެ ޖަޕާނުގެ ފިލްމުތަކާއި ސީރީޒްތަކުން މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ތަރިއެކެވެ.
މި ސީރީޒް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ޖަޕާނުގެ ފުޖީ ޓީވީ އަދި ނެޓްފްލިކްސް ގައެވެ.
އޮރިޖިނަލް ކޮރެއަން ޑްރާމާ 'އެކްސްޓްރާއޯޑިނަރީ އެޓަރނީ ވޫ' މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒެކެވެ. އޭގެ ފުރަތަމަ އެޕިސޯޑަށް 0.9 އިންސައްތައިގެ ވިއުވަރޝިޕެއް ލިބުނުއިރު، ފަހު އެޕިސޯޑަށް ވަނީ 17.5 އިންސައްތައިގެ ރެކޯޑު ވިއުވަރޝިޕެއް ލިބިފައެވެ.
މި ކާމިޔާބީއަށްފަހު، ޖަޕަނީސް ރީމޭކަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.




