





.jpeg?w=3840&q=75)

.jpeg?w=3840&q=75)
-
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ގަލޮޅު ސްކޫލްގެ ޕްރީސްކޫލް ބޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި އެ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާއެވެ. މީގެއިތުރުން ސްކޫލުގެ އިސްވެރިންނާއި، މުދައްރިސުން އަދި ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލަރު އާމިނަތު އިރާޝާ ވަނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުޑަކުދިންގެ ހުނަރުތައް ތަރައްޤީވެ، އިތުރު ހަރަކާތްތަކަށް ޝައުޤުވެރިކަން އުފެދިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ބޭންޑުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރުދެއްވައި، މިކަމުގައި އިސްނެންގެވި ސްކޫލުގެ މެނޭޖްމަންޓަށާއި ޓީޗަރުންނަށް އިރާޝާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ގަލޮޅު ސްކޫލަކީ ބޭބީ ނާސަރީން ފެށިގެން ޔޫ.ކޭ.ޖީ (UKG) އާ ހަމައަށް ފެންވަރު ރަނގަޅު ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދެމުން އަންނަ ސްކޫލެކެވެ.
ކިޔެވުމުގެ އިތުރުން ކުދިންގެ ޖިސްމާނީ އަދި ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.





.jpeg?w=3840&q=75)


