
.jpg?w=3840&q=75)







ޓޮމް ކްރޫޒް އަދި އޭން ހެތަވޭ. ޓޮމް ކްރޫޒްގެ ރޭސިންގ ފިލްމު 'ޑޭސް އޮފް ތަންޑަރ' ގެ ސީކުއެލްއިން އޭން ހެތަވޭ ފެންނާނެކަމަށް ރިޕޯޓްތައް ބުނޭ
ޓޮމް ކްރޫޒްގެ 1990 ގެ ކާމިޔާބު ފިލްމު 'ޑޭސް އޮފް ތަންޑަރ' ގެ ސީކުއެލްއިން ކާމިޔާބު ބަތަލާ އޭން ހެތަވޭ ފެނިގެންދާނެއެވެ.
'ޑޭސް އޮފް ތަންޑަރ' އަކީ ކާރު ރޭސިންގއަށް ބިނާކޮށް ގެނެސްދީފައިވާ ވަރަށް މަގުބޫލު އެކްޝަން ފިލްމެކެވެ.
އެތައް އަހަރެއް ފަހުން މި ފިލްމުގެ ދެވަނަ ބައެއް ނުވަތަ ސީކުއެލްއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ޓޮމް ކްރޫޒް އާއެކު އޭން ހެތަވޭ ފަދަ ހުނަރުވެރި ތަރިއަކު މި ޕްރޮޖެކްޓާ ގުޅުމަކީ ފިލްމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މީޑިއާތަކުން ސިފަކުރެއެވެ.
މި ސީކުއެލްގައި އޭން ހެތަވޭ ކުޅޭނީ ކޮން ކަހަލަ ރޯލެއްކަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ޓޮމް ކްރޫޒް އާއި އޭން ހެތަވޭ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާނެތީ ފޭނުން ތިބީ ވަރަށް ބޮޑަށް އުފާވެފައެވެ.
'ޓޮޕް ގަން: މެވްރިކް' ގެ ބޮޑު ކާމިޔާބީއަށްފަހު، ޓޮމް ކްރޫޒްގެ ކުރީގެ ފިލްމުތަކުގެ ސީކުއެލްތަކަށް ބެލުންތެރިންގެ ބޮޑު ޝައުޤުވެރިކަމެއް އޮންނަކަން ވަނީ ފާހަގަކުރެވިފައެވެ.

.jpg?w=3840&q=75)




.jpeg?w=3840&q=75)

.jpeg?w=3840&q=75)