
'ދްރިޝްޔަމް: ދަ ކޮންކްލޫޝަން'
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ އަޖޭ ދޭވްގަންގެ ކާމިޔާބު ފްރެންޗައިޒްގެ އެންމެ ފަހު ބައި ކަމަށްވާ 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' ގެ އައު ކެރެކްޓަރ ޕޯސްޓަރުތައް ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ޕޯސްޓަރުތަކާއެކު ފިލްމުގެ ކާސްޓާ އަލަށް ގުޅުނު މުހިންމު ދެ ތަރިން ކަމަށްވާ ޖައިދީޕް އަހްލާވަތު އަދި ޕްރަކާޝް ރާޖް ވަނީ ފިލްމަށް ތައާރަފްކޮށްފައެވެ.

ޖައިދީޕް އަހްލާވަތު އަދި ޕްރަކާޝް ރާޖަކީ އެކްޓިންގގެ ރޮނގުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ތަފާތު ވަރުގަދަ ރޯލުތައް ކުޅުމަށް މަޝްހޫރު ދެ ތަރިންނެވެ.

ވިޖޭ ސަލްގާއޮންކަރ (އަޖޭ ދޭވްގަން) ގެ މި ސިއްރުވެރި އަދި ސަސްޕެންސުން ފުރިގެންވާ ވާހަކައިގެ ތެރެއަށް މި ދެ ތަރިން އިތުރުވުމަކީ ފިލްމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއާއެކު ފިލްމުގެ ވާހަކަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
އައު ކެރެކްޓަރ ޕޯސްޓަރުތައް އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ފިލްމަށް އޮތް އިންތިޒާރު ވަނީ އިތުރަށް ބޮޑުވެފައެވެ. މި ދެ ތަރިންގެ ފަރާތުން ފިލްމަށް ގެނެސްދޭނެ އައު ޓްވިސްޓްތަކާއި އެކްޓިންގ ބަލާލުމަށް ފިލްމަށް ލޯބިކުރާ ފަރާތްތަކުން މިހާރު ތިބީ ކެތްމަދުވެފައެވެ.





.jpg?w=3840&q=75)




.jpg?w=3840&q=75)





