







ރާއްޖެއާއި ލަންކާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު 7 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިކަމަށްޓަކައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި ލަންކާގެ ރައީސް ބައިވެރިވެޑައިގަންނަވާފައިވާއިރު، އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުންވެސް ވަނީ ރުހުން ދީފަ އެވެ.
މި އެއްބަސްވުންތަކަށްވެސް ރައީސުން ގުޅިފައިވާ ބަޔާން އިއްވާފައިވާއިރު، މި ބަޔާނުގައި ދެ ގައުމުގެ ގުޅުމުގެ މައްޗަށް ރައީސުން ވަނީ އަލިއަޅުއްވާލާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.


.jpg?w=3840&q=75)





