logoEN
cocacola
ހަމަލާދޭން ފެށީ ހަނިއްޔާ, ނަސްރަالله އަދި ނިލްފޯރުޝާންގެ މަރުގެ ބަދަލުހިފުމަށް - އިރާން

ހަމަލާދޭން ފެށީ ހަނިއްޔާ, ނަސްރަالله އަދި ނިލްފޯރުޝާންގެ މަރުގެ ބަދަލުހިފުމަށް - އިރާން

އަހުމަދު ޝުރާއު

logo

10/1/2024, 5:04:24 PM

# އިރާން

-

އިޒްރޭލަށް މިރޭ ހަމަލާ ދޭން ފެށީ އިޒްރޭލުން އަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ, ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރަالله އާއި ގުދުސް ފޯސްގެ ކޮމާންޑަރު ނިލްފޯރުޝާންގެ މަރުގެ ބަދަލުހިފުމަށް ކަމަށް އިރާނުން ބުނެފި އެވެ.

ގޮސިޔާ

އީރާނުގެ ރިވޮލިއުޝަނަރީ ގާޑާއި ހަވާލާދީ ރޮއިޓާސްއިން ދާދި ދެންމެ އަކު ބުނީ އިރާނުން އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލްތަކެއް އުދުއްސާލާފައިވަނީ ހަނިއްޔާ، ނަސްރުالله އަދި ނިލްފޯރުޝާން އަވާހާރަކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މިހާތަނަށްވެސް އެތަކެއް މިސައިލެއް އިޒްރޭލަށް އަމާޒުކޮށް މިހާރު ފޮނުވާލާފައިވާ ކަމަށާއި އަދިވެސް ހަމަލާތައް ދޭނެ ކަމަށް ވަނީ ބުނެފައި އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އިރާނުގެ ފަސްގަނޑުގައި ޔަހޫދީންގެ ހަމަލާއެއްގައި އަވަހާރަކޮށްލުމާއި އެކު އިރާނުން ވަނީ ޔަހޫދީންނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރީތައް ފަށާފައި އެވެ. ނަމަވެސް އެހަމަލާދިނުން ދިގުލައިގެން ގޮސްފައި ވަނިކޮށް މިރޭގެ ހަމަލާ ދީފައިމިވަނީ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރަالله އާއި ގުދުސް ފޯސްގެ ކޮމާންޑަރު ނިލްފޯރުޝާން ޔަހޫދީންގެ ހަމަލާއެއްގައި މިދިޔަ ހުކުރު ދުވަހު އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ހިޒްބުالله އަކީ އިރާނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި އެކު ހިންގަމުން އަންނަ ޖަމާއަތެކެވެ. އަދި ގުދުސް ފޯސްއަކި އިރާނުގެ އަސްކަރިއްޔާގެ އެއް ގޮތްޕެވެ.

އިރާނުން މިދިޔަ އޭޕްރިލް މަހުވެސް ވަނީ މިފަދަ ހަމަލާއެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައި އެވެ. އެހަމަލާގައިވެސް އިޒްރޭލަށް މާބޮޑެތި ގެއްލުންތަކެއް ނުލިބުނު ނަމަވެސް އެހަމަލާ ވެގެން ދިޔައީ އިޒްރޭލަށްވެސް ކުއްލި ސިހުމަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ