
ހއ.ބާރަށު ޖެޓީ އާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ސުޖާއުވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން ބާރަށު ބަނދަރުގެ ނެރު ފުން ކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމާއި، އެއްގަމު ތޮށިލުމުގެ މަސައްކަތް އަދި ރޭމްޕް ގާއިމްކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރުމާއި، ގްރޮއިން ޖެހުމާއި، ބަނދަރުގެ ދެ ފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމެންޓް ޖެހުމާއި، ސޭންޑްފިލްޑް ބްރޭކް ވޯޓަރ ގާއިމުކުރުމާއި، މޫރިން ބޮއި ހަރުކުރުން އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.












.jpg?w=3840&q=75)