






ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު- ފޮޓޯ: އެމްޓީސީސީ
ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ފަރިތަކުރުން މާދަމާއިން ފެށިގެން މި އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަހުގެ ހަރާތްތަކުގެ ފަރިތަކުރުންތައް 2026 އޮކްޓޫބަރު 28 އިން 2026 ނޮވެމްބަރު 2 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށެވެ.
HVpAnB1aMAAPtR0.jfif
ފުލުހުން ވަނީ ފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްވެސް ފުލުހުން ވަނީ މާފަށް އެދިފަ އެވެ.






