






ބަނގުރާގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން- ފޮޓޯ: ފުލުހުން
ބަނގުރާ ބޭނުންކޮށް، ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިތަދޫއިން ދެމީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހަމްދަރުދީގެ / ސ. ފޭދޫ، ޢަލީ ރާޢިލް މުނީރު (23އ) އާއި ވައިލެޓްވިލާ / ސ. މަރަދޫފޭދޫ، މުޙައްމަދު ޝާމިޙު މަންޞޫރު (19އ) ކަމަށެވެ.
ފުލުހުން ބުނީ މި މަހހުގެ 18ވަނަ ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.






