
--
އިރާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 4 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި ބިންހެލުން އައިސްފައިވަނީ އިރާނުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ކަޝްމާރުއަށް މިއަދު އައި 4.9 މެގްނިޓިއުޑްގެ ބާރު މިނުގައި އެވެ.
މި ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު ފަހު 1:24 ހާއިރު ކަމަށް ކަޝްމާރުގެ ގަވަރުނަރު ހާޖަތުالله ޝަރިޔަތުމަދާރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިންހެލުމުގައި 35 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ބިންހެލުމުގެ ސަބަބުން އެ ސިޓީގެ އަވަށްތަކާއި ރަށްރަށުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމުލަ 4 މީހަކު މަރުވެފައިވާއިރު 120 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެފައި އެވެ.
ބިންހެލުމާ ގުޅިގެން ދައުލަތުގެ ޓީވީން ގެނެސްދިން ފުޓޭޖްތަކުން ފެންނަ ގޮތުގައި ފަސްޓް ރެސްޕޮންޑަރުން ބިމާހަމަވެފައިވާ އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (ހަ މޭލު) އަޑިން ކަމަށެވެ.
އީރާނަކީ ތަފާތު ޓެކްޓޯނިކް ޕްލޭޓްތަކުގެ މަތީގައި އޮންނަ ގައުމަކަށް ވާއިރު، ގިނަ އަދަދެއްގެ ބިން ހެލުން އެގައުމަށް އާދެއެވެ.
ގުޅުންހުރި

ކުވެއިތުގައި ހުންނަ އެމެރިކާގެ ބޭސްއަކަށް ދިން ހަމަލާއެއްގައި 15 އެމެރިކާ ސިފައިން ޒަހަމްކޮށްލައިފި

ޓްރަމްޕު އަމިއްލަފުޅަށް ފަޟީހަތްވެއްޖެ: " އިރާނުގައި މުޒާހަރާ ކުރި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނިން"

އަންގާރަ ދުވަހުގެ ނިޔަލަށް އިރާނާއިއެކު އެއްބަސްވުމަކަށް އާދެވޭނެ، ނާދެވިއްޖެ ނަމަ މުޅި އިރާނު "ގޮއްވާލަން" - ޓްރަމްޕު

.gif&w=3840&q=75)


