






އެންޑްރޮއިޑްގެ "މޯޝަން އެސިސްޓް" ފީޗާއިން ދަތުރުމަތީގައި ފޯނު ބޭނުންކުރާއިރު ބޯއެނބުރުން (މޯޝަން ސިކްނެސް) ކުޑަކޮށްދޭ
އުޅަނދުފަހަރުގައި ދަތުރުކުރާއިރު ފޯނު ބޭނުންކުރުމުން ބޯއަނބުރައި، ހޮޑުލަވާ ގޮތްވުމަކީ (މޯޝަން ސިކްނެސް) ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ.
މިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން އެންޑްރޮއިޑް ފޯނުތަކަށް "މޯޝަން އެސިސްޓް" ގެ ނަމުގައި އާ ފީޗާއެއް ވަނީ ތަޢާރަފުކޮށްފައެވެ.
މި ފީޗާ ބޭނުންކުރުމުން ފޯނުގެ ސްކްރީންގެ އަރިމަތިން ކުދިކުދި ތިކިތަކެއް ނުވަތަ މާކްތަކެއް ފެންނަން ހުންނާނެއެވެ. މި މާކްތައް އުޅަނދު ދުއްވާ ދުވެއްޔާއި މިސްރާބާ އެއްގޮތަށް ހަރަކާތްތެރިވުމުން، ލޮލަށް ފެންނަ މަންޒަރާއި އެތެރެހަށްޓަށް އިހުސާސްވާ ހަރަކާތްތަކާ ދެމެދު އުފެދޭ ފުށުއެރުން ކުޑަކޮށްދީ، ސިކުނޑިއަށް ލިބޭ ސިގްނަލްތައް ބެލެންސްކޮށްދެއެވެ.
މިއީ ދަތުރުމަތީގައި ފޯނުން އެކި ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އީޖާދީ ފީޗާއެކެވެ.
އެންޑްރޮއިޑް ފޯނުގެ ސެޓިންގްސްގެ ތެރެއިން މި ފީޗާ ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފީޗާއަކީ އެޕަލް ކުންފުނީގެ އައިފޯންތަކުންވެސް ވެހިކަލް މޯޝަން ކިއުސްގެ ނަމުގައި ލިބެމުންދާ ފީޗާއެކެވެ.



