





ކިޔަވައިދިނުމުގައި އާ ގޮންޖެހުންތަކާއެކު މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް އެއްބާރުލުން ދޭންޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދުވަހުގެ ތަހުނިޔާއާއެކު ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންނާއި ގައުމުގެ މުސްތަޤުބަލު ބައްޓަންކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ބަލައިގަންނަންޖެހޭ ކަމަށެވެ.
މުދައްރިސުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އެންމެންގެ ޝުކުރާއި އެއްބާރުލުން ޙައްޤު ކަމަށް ނައިބު ރައީސް ފާހަގަކުރި އެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާ ކުރިއަރައިގެން އަންނައިރު އާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް މުދައްރިސުންގެ ދައުރު އަދާކުރުމުގައި އެ ފަރާތްތަކަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންވާނެކަމާއި، މުދައްރިސުން ބާރުވެރި ކުރުވަންޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަސް ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުގަ އެވެ.




.jpg?w=3840&q=75)
.jpg?w=3840&q=75)