
އިރާނުން މީގެ ކުރީން ޔޫއޭއީއަށް ހަމަލާ ދިނުމަށް ފޮނުވާލި މިސައިލެއް ވެއްޓިފައ:-
އީރާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޔޫއޭއީއަށް މިސައިލްތަކެއް އަމާޒުވި ކަން ބޭރުގެ ނޫސްތަކުން ރިޕޯޓުކުރަމުންދަނިކޮށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުން ފޮނުވާލި ދެ މިސައިލް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ މިސައިލް ވެއްޓިފައިވަނީ އެ ގައުމުގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަމަށާއި، ދެވަނަ މިސައިލް ވެއްޓިފައިވަނީ ގައުމުގެ ސަރަހައްދީ އިމުގެ ތެރެއަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި މިފަދަ ކޮންމެ ނުރައްކާތެރި ހާލަތަކާ ކުރިމަތިލުމަށް އެ ގައުމުގެ އަސްކަރިއްޔާ އާއި ދިފާއީ ބާރުތައް ފުރިހަމަ ތައްޔާރީއެއްގައި ތިބިކަން ދިފާއީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ގައުމުގެ ސަލާމަތާއި ސިޔާދަތާއި އަދި އިސްތިގުލާލަށް އަންނަ ކޮންމެ ނުރައްކަލަކާ ވަރަށް ހަރުދަނާކޮށް ކުރިމަތިލާނެ ކަމަށާއި، ގައުމުގެ މަސްލަހަތާއި ގައުމީ ގާބިލުކަން ހިމާޔަތްކުރުމަށް އަޅަންޖهހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.










.jpeg?w=3840&q=75)



