

.jpeg?w=3840&q=75)




.jpg?w=3840&q=75)
New Project (76)
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ ޕްރޮވިންސްގެ ސިންޖިލް އަވަށުގެ ކައިރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްްލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ، އުމުރުން 18 އަހަުރގެ މުސާބު މުހައްމަދު ނަފަލް ނަމަކަށް ކިޔާ ޒުވާނެކެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ، އޭނާ ޝަހީދުވެފައިވަނީ، އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާގައި ހިތަށް ވަޒަން އަރައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެެވެ.
އަދި މިހާދިސާގައި އިތުރު ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިއަހަރުގެ މިހާތަނަށް، އިސްރާއީލުން ދިން އެކި ހަމަލާތަކުގައި ފަލަސްތީނުގެ 198 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންްނާއި އަންހެނުން ވެސް ހިމެނެއެވެ.


.jpeg?w=3840&q=75)
