

.jpeg?w=3840&q=75)





2e643af4-1066-4311-8776-6be3623e23cd
އިސްރާއީލު ސިފައިން ބަޑިޖަހައި ފަަލަސްތީނުގެ އުމުރުން ދުވަސްވީ މީހަކު ޝަހީދުކޮށްލައިފިއެވެ.
ޝަހީދުކޮށްލާފައި ވަނީ 54 އަހަރުގެ މީހެއް ކަމުގައިވާ ޙަބަސް ރަޔަން ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.
އޭނާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީންގެ ސިފައިން ޤާއިމު ކޮށްފައިވާ ޗެކް ޕޮއިންޓެއް ކައިރީގައެވެ. މި ޗެކް ޕޮއިންޓް ޤާއިމު ކޮށްފައި ވަނީ އިސްރާޢީލުގެ ރަށެއް ކަމުގައިވާ މޮޑީންއާއި ޔަހޫދީން އާބާދު ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ބެއިތް ހަރާން ކައިރީގައެވެ.
ޔަހޫދީންގެ ސިފައިން ބުނީ ފަލަސްޠީނުގެ ރައްޔިތަކު ޝަހީދު ކޮށްލާފައި ވަނީ، ސިފައިންގެ މީހަކަށް އޭނާ ހަމަލާދޭން މަސައްކަތް ކުރުމުން ކަމުގައެވެ. ނަމަވެސް، ފަލަސްޠީނުގެ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޔަހޫދީންގެ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަހަމުންދާ ރޭޑުތަކުގެ އަދަދު މި އަހަރުގެ ތެރޭގައި ވަނީ އިތުރު ކޮށްފައެވެ. ރަޔަން ޝަހީދު ކޮށްލާފައި މި ވަނީ އިސްރާޢީލުގެ ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.
އިސްރާޢީލުގެ ޢާންމު އިންތިޚާބުގައި ކުރި ހޯދާފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގާފައިވާ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އޭނާއަށް ކުރި ލިބިފައި ވަނީ ވަރަށް ހަނި އަގުލަބިއްޔަތަކުންނެވެ.


.jpeg?w=3840&q=75)
