
whatsapp-image-2022-10-09-at-104827-am
ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ޤައުމީ ދިރާސާއެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި އޭސީސީއިން ވިލާ ކޮލެޖާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށް ޚާއްޞަކޮށްގެން އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ދިރާސާގެ މަސައްކަތުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރުއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ސަލީމް އެވެ.
މި ދިރާސާއަކީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނަގަތުމުގެ އިތުރަށް ފާއިތުވި 5 އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޓްރެންޑާއި އެކަމާ ގުޅުންހުރި ކަންކަން ދެނެގަނެ އިތުރަށް ދިރާސާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.
މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ތޯތޯ ވާހަކަތަކުގެ މައްޗަށް ބުރަވުމުގެ ސަޤާފަތް ދޫކޮށްލައި ޢިލްމީ ހަޤީޤަތާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ކަމުގައި ވިދާޅުވިއެވެ.
އަދި އެއްމަގުން ކަންކުރާން ނުތިބެ ހުރިހައި ދިމާލެއްގެ ހިންގުން ދީލާލާން ޖެހިފައިވާކަމަށާއި، މިއަދު މި ފެށުނު މަސައްކަތާއެކު ހެދިގެންދާ ދިރާސާގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ "އެވިޑެންސް ބޭސްޑް" މަސައްކަތަކަށް ހެދުމަށް އޭސީސީގެ ހިންގުން ބައްޓަންކުރާނެކަމުގެ ޔަގީކަން މެންބަރު ޝިޔާމާ ދެއްވިއެވެ.
މިރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ކޮރަޕްޝަންފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުން ބައިވެރިކޮށް އެމީހުންގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމަށާއި، މިފަދަ ދިރާސާއެއް ކުރިއަށްގެންދިއުމުގައި ބައިވެރިވެވުމަކީ ވިލާކޮލެޖުގެ ރިސަރޗްގެ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.
މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވިލާ ކޮލެޖްގެ ބައެއް އިސްފަރާތްތަކުންވަނީ ބައިވެރިވެފައެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

