








ފިރިހެން ޑަބަލްސް ޗެމްޕިއަން ހުޖާން އާއި މުންތަސިރުގެ ޕެއާ ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ އާއި މުހައްމަދު މުންތަސިރުގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި ޚަތިމް ޚަލީލް އާއި އިސްމާއީލް އަޒްމީންގެ ޕެއާ އާއި ވާދަކޮށް އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 15-25 ގެ ނަތީޖާއަކުން ހުޖާން އާއި މުންތަސިރުގެ ޕެއާ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ހުޖާން އާއި މުންތަސިރުގެ ޕެއާ އިން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެެކު 13-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ ހަސަން ނާޒިމް އާއީ އަހުމަދު ހާމިދު ޕެއާ އިންނެވެ.
މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އާދަމް އަދީބް އާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާ އާއި ވާދަކޮށް ހަސަން ނާޒިމް އާއީ އަހުމަދު ހާމިދު ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
08 އޮކްޓޯބަރު 2026 އިން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސް އިވެންޓުގައި މިއަހަރު ޖުމްލަ 07 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.








